01 ޖޫން 2024

18 ވަނަ އިންފޯފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސްގ، މިނިސްޓީރިއަލް އެންޑް އިންޑަސްޓްރީ ހައިލެވެލް ޑައިލޮގް އޮން ސަސްޓެއިނަބަލް ޓޫނާ ފިޝަރީޒް ގައި ގުޅުވައިގެން ބޭއްވި ހައިލެވެލް މަޝްވަރާތަކާއި ގުޅޭ

ޙަބަރު

ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓިނިވި ގޮތެއްގައި މަސްވެރިކަން ކުރާ ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ޖަޒީރާ ގައުމުތަކަށް ކަނޑުމަހުގެ މަސްވެރިކަމުގެ ސިނާޢަތުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް ތަރައްޤީވެފައިވާ ގައުމުތަކުން މަތިކޮށްފައިވާ ބޮޑު އިމްޕޯޓް ޑިއުޓީކަމުގައި މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ

ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓިނިވި ގޮތެއްގައި މަސްވެރިކަން ކުރާ ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ޖަޒީރާ ގައުމުތަކަށް ކަނޑުމަހުގެ މަސްވެރިކަމުގެ ސިނާޢަތުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް ތަރައްޤީވެފައިވާ ގައުމުތަކުން މަތިކޮށްފައިވާ ބޮޑު އިމްޕޯޓް ޑިއުޓީކަމުގައި މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. އަދި މީގެ ސަބަބުން ކުދިގައުމުތަކުގެ އުޅަނދުފަހަރުން ބާނައި އުފައްދާ މަހުގެ ބާވަތްތަކަށް ތަރައްޤީވެފައިވާ ގައުމުތަކުގެ އިންޑަސްޓްރިއަލް އުޅަނދުފަހަރުން ބާނާ މަހާއި ބައިނަލްއަޤްވާމީ ބާޒާރުތަކުގައި ވާދަކުރުމަށް ނުކުޅެދިފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ މިކަން ފާހަގަކުރެއްވީ، މިމަހުގެ 20 އިން 22 އަށް ކުރިއަށްދާ 18 ވަނަ އިންފޯފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސް އެންޑް އެގްޒިބިޝަންގެ ތެރެއިން ކުރިއަށްގެންދިޔަ [މިނިސްޓީރިއަލް އެންޑް އިންޑަސްޓްރީ ހައިލެވެލް ޑައިލޮގް އޮން ސަސްޓެއިނަބަލް ޓޫނާ ފިޝަރީޒް] ގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިވެންޓަކީ ވޯލްޑް ޓޫނާ ކޮންފަރެންސާއި ގުޅުވައިގެން ކަނޑުމަހުގެ މަސްވެރިކަން ކުރާ މައިގަނޑު ގައުމުތަކާއި، މަސް ޕްރޮސެސްކޮށް އެކްސްޕޯޓްކުރާ މައިގަނޑު ގައުމުތައް ތަމްސީލްކުރާ މިނިސްޓަރުންނާއި މަސްވެރިކަމުގެ އިންޑަސްޓްރީ ތަމްސީލްކުރާ އިސް ފަރާތްތަކާއި ގުޅުންހުރި ޖަމްޢިއްޔާ ޖަމާޢަތްތައް ބައިވެރިކޮށްގެން ކަނޑުމަހުގެ މަސްވެރިކަމުގެ ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް އޮތް ގޮންޖެހުންތަކާއި މެދު މަޝްވަރާކޮށް އެކަމަށް އޮތް ހައްލުތައް ދެނެގަނެ އެކަށީގެންވާ ފިޔަވަޅުތަކެއް އެކަމަށްޓަކައި އެޅުމަށްބާރު އެޅުމުގެގޮތުން މިއަދު ބޭއްވުން ބައްދަލުވުމެކެވެ.

މީގެ އިތުރުން, މިނިސްޓަރގެ ވާހަކަފުޅުގައި، ދުނިޔޭގެ ކަނޑުމަހުގެ މަސްވެރިކަމަށް ނުވަތަ ޓޫނާ ފިޝަރީޒްއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، އެއްވެސް ބެލެހެއްޓުމެއް ނެތި ހަރަކާތްތެރިވާ މަސްވެރި އުޅަނދުތަކުން ގަވާއިދާއި ޚިލާފަށް ކުރާ މަސްވެރިކަންކަމަށާއި އަދި މިކަން ހުއްޓުވުމަށް ގައުމުތަކުން އެކަށީގެންވާ ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ. މިގޮތުން، ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކަށް އެގައުމުތަކުގެ ކަނޑުގެ ސަރަހައްދުތަކުގައާއި [ހައި ސީސް] ނުވަތަ ބޭރުކަނޑުގައި ގަވާއިދާ ޚިލާފަށް ކުރާ މަސްވެރިކަން މޮނިޓަރކޮށް އެކަން ހުއްޓުވުމަށް ބޮޑެތި ޚަރަދުތަކެއް ކުރަމުންދާކަމަށާއި ނަމަވެސް މިކަން ކާމިޔާބުވާނީ ހުރިހާ ގައުމުތަކެއް ގުޅިގެން މިފަދަ ފިޔަވަޅުތަކެއް އެޅި، ސިނާޢަތުގައި ހަރަކާތެރިވާ އެންމެހާ މަސްލަހަތުވެރިންގެ ބައިވެރިވުމާއި އެހީތެރިކަން މިކަމުގައި ލިބިގެންކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

އިންފޯފިޝް ވޯލްޑް ޓޫނާ ކޮންފަރެންސް އެންޑް އެގްޒިބިޝަން ކުރިއަށް ދާނީ މިމަހުގެ 20 އިން 22 އަށް ތައިލެންޑްގެ ބެންގްކޮކްގައެވެ.

 

18 ވަނަ އިންފޯފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސް

File

ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސް

Link