06 މެއި 2024
ލިވަޕޫލާ ހަވާލުވާން އަމޮރިމް އެއްބަސްވެއްޖެ: ރިޕޯޓް
ޚަރަކާތް
ކަނޑުމަހުގެ ޑިމާންޑް އިތުރުވަމުންދާ މިންވަރު ފުއްދުމަށްޓަކައި އެކްވާކަލްޗަރ ޕްރެކްޓިސްތަކުގައި އިނޮވޭޝަން ދުއްވުން.
ލަންޑަން (އޭޕްރީލް 10) - އަންނަ ސީޒަނުގައި ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވާން ސްޕޯޓިން ލިޒްބަންގެ ކޯޗު ރުބެން އަމޮރިމް އަނގަބަހުން އެއްބަސްވެފައިވާ ކަމަށް ސްކައި ސްޕޯޓްސް އިން ރިޕޯޓްކޮށްފި އެވެ.
ނުވަ އަހަރަށް ފަހު، ލިވަޕޫލްގެ ކޯޗުކަމުން ޔާގަން ކްލޮޕް މި ސީޒަނަށް ފަހު ވަކިވާނެ އެވެ. އެ މަގާމަށް ފުރަތަމަ ގެންނަން ބެލި، ބަޔާ ލެވަކޫސަންގެ ކޯޗު، ޒަބީ އަލޮންސޯ، އެ ކްލަބްގައި މަޑުކުރަން ނިންމީ އެވެ. އެ ހިސާބުން ލިވަޕޫލުން ވަނީ އަމޮރިމްއާ އެކު ވާހަކަތައް ފަށައިފަ އެެވެ.
ސްކައި ޖާމަނީން ރިޕޯޓްކުރާގޮތުގައި، އަމޮރިމް، 39، މިހާރު ވަނީ ލިވަޕޫލާ ހަވާލުވާން ރުހުން ދީފަ އެވެ. އަދި ލިވަޕޫލުން ނިންމާފައި އޮތީ އޭނާ އަށް ތިން އަހަރުގެ ކޮންޓްރެކްޓެއް ދިނުމަށް ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
އަމޮރިމް ހޯދަން، ބަޔާން މިއުނިކް އާއި ޗެލްސީން ވެސް ވާހަަކަ ދެއްކި އެވެ.