06 މެއި 2024
ވެސް އެމަނިކުފާނު ވިދާޅުވި
ޤާނޫނު
މޯދީގެ ދައުވަތު ގަބޫލުކުރެއްވިކަން ހާމަކޮށް ރައީސް އޮފީހުގެ ވެބްސައިޓްގައި އިއްޔެ ޖެހި ހަބަރުގައި ބުނީ އިންޑިއާގެ ބޮޑުވަޒީރުގެ ދައުވަތައިގެން، ރާއްޖޭގައި ހުންނަވާ އެގައުމުގެ ސަފީރު މުނޫ މަހާވަރު ރައީސް އޮފީހަށް ވަޑައިގެން ރައީސާ ބައްދަލުކުރެއްވި ކަމަށެވެ. އެ ބައްދަލުވުމުގައި ސަފީރު ވިދާޅުވީ ހުވާކުރައްވާ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބޮޑުވަޒީރު އުއްމީދުކުރައްވާ ކަމަށެވެ. ރައީސް އޮފީހުގެ ހަބަރުގައިވާ ގޮތުން އެ ދައުވަތު ގަބޫލުކުރައްވައި، ދައުވަތު ދެއްވީތީ ސަފީރަށް، ރައީސް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ބޮޑުވަޒީރު މޯދީއާ އެކު މަސައްކަތްކުރައްވަން އުއްމީދުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. "...ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރަން ބޮޑުވަޒީރު [މޯދީ] އާ އެކު މަސަައްކަތް ކުރައްވަން އުއްމީދުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި. ރާއްޖެ-އިންޑިއާ ގުޅުން މިހާރު ހުރީ ފަހި މިސްރާބުގައިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ މިފަހަރުގެ ޒިޔާރަތުގައި އެކަން ފެންނާނެ ކަމަށް،" ރައީސް އޮފީހުގެ ހަބަރުގައި ބުންޏެވެ.