02 ޖޫން 2024

ފިޝަރީޒް މިނިސްޓްރީން ރެކޯޑް އަދަދަކަށް މަސް ސްޓޮކް ރިކަވަރީ ކުރިކަން އިއުލާންކޮށްފި

ނޫސް ބަޔާން

ޒިންމާދާރު މަސްވެރިކަމުގެ އުސޫލުތައް ކުރިއެރުވުމާއި ކަނޑުގެ ޖަނަވާރުތަކުގެ ތަފާތު ރައްކާތެރިކުރުން ކުރިއެރުވައިގެން ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުން

މިދިޔަ އަހަރެއްހާ ދުވަހު އަނިޔާގެ ސަބަބުން ނަޑާލް އަށް ގަވާއިދުން މުބާރާތެއްގައި ވާދަކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.

ކުޅުމަށް އެނބުރި އައިސް، މި އަހަރުގެ ބްރިސްބޭން އިންޓަނޭޝަނަލް މުބާރާތުގައި ނަޑާލް ކުޅެނިކޮށް އުނަގަނޑަށް ލިބުނު އަނިޔާއާ ގުޅިގެން އޮސްޓްރޭލިއަން އޯޕަން ކުޅެވޭ ގޮތް, ވަނީ ނުވެފަ އެވެ.

މޮންޓެ ކާލޯ މާސްޓާސް ނުކުޅެވޭކަން ހާމަކޮށް ނަޑާލް ބުނީ, "އެއްވެސް މީހަކަށް ނޭނގޭނެ އަހަންނަށް މި މުބާރާތްތައް ނުކުޅެވުން ކުރެވޭ އިހުސާސެއް. އަހަރެއް ބޭނުން މިކަހަލަ އިވެންޓުތަކުގައި ކުޅެން" ނަޑާލް ބުންޏެވެ.

"އަހަރެންގެ ހަށިގަނޑު ޖާގަ އެއް ނުދޭ މޮންޓެ ކާލޯ ކުޅޭކަށް. އަހަރެން ވަރަށް މަސައްކަތް ކުރަން, އަނިޔާއިން އަރައިގަންނަން. އެކަމަކު މި މުބާރާތް ކުޅެން މިވަގުތު ތަން ނުދޭ" ނަޑާލް ބުންޏެވެ.

އަނިޔާގެ ސަބަބުން މޮންޓެ ކާލޯ ނަޑާލް އަށް ނުކުޅެވޭނެކަން ހާމަކޮށްފައިވާއިރު, އޭނާގެ މިހާރުގެ އަމާޒަކީ އަންނަ މެއި މަހުގެ 20 ވަނަ ދުވަހު ފަށާ ފްރެންޗް އޯޕަން މުބާރާތުގައި ވާދަކުރުމެވެ.

ނަޑާލް ވަނީ ފްރެންޗް އޯޕަން ޓެނިސް މުބާރާތް 14 ފަހަރު ކާމިޔާބު ކޮށްފަ އެވެ. ޖުމްލަ އެކު، 22 ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ތަށި އުފުލާލާފައިވާ، ނަޑާލް އަކީ ފްރެންޗް އޯޕަންގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އެވެ.