31 މެއި 2024
އެފްއޭއެމް ވެޓެރަންސް ލީގު: ހުރާ އާއި ސިފައިން އެއްވަރު
ނޫސް ބަޔާން
އެކްސްޕޯޓް ކުރުމަށް ވެލިއު އެޑެޑް މަސްވެރިކަމުގެ އުފެއްދުންތައް ތަރައްގީ ކުރުމަށް ސިނާއަތުގެ ސްޓޭކްހޯލްޑަރުންނާ އެކު ޕާޓްނަޝިޕްތައް ގާއިމްކުރުން.
ނާހިލްގެ ދުވުމުގެ ކެރިޔަރުގެ ފެށުމަކީ ގދ. އަތޮޅު ތައުލީމީ މަރުކަޒެވެ. ގައުމީ ލެވަލް އަށް ނާހިލް ނެރެދިނީ ވެސް އެ ފަހުރުވެރި ހިޔާއިން ނެވެ. އެއީ 2016 ވަނަ އަހަރު އެ ފަހުރުވެރި ހިޔާގައި ބޭއްވި އިންޓަ ހައުސް މުބާރާތަކުން ފާޅުވި ތަރިއެކެވެ.
އެ ފަހުން، ފަހަރަކު މުބާރާތެއްގައި ވާދަކުރަމުން އައިސް މިހާރު އެހުރީ އެންމެ މަތީ ފަންތީގެ މުބާރާތްތަކުގައި މެޑަލް ނުލާ ގެ އަށް ނުދާނެ އެތުލީޓަކަށް ބަދަލުވެފަ އެވެ.
"ވެލީގައި ފަރިތަކުރިއިރު, އަސްލު އުނދަގޫތަކެއް ހުރި, ވަޅުގަނޑުތަކާ އެއްޗެހި ހުންނާތީ އުނދަގޫވާނެތާ. އެކަމަކު މިހާރު މާލޭގައި ސިންތެޓިކްގައި ޕްރެކްޓިސްކުރާތީ އަބަދުވެސް ބަލަނީ ޓައިމިން ރަނގަޅު ކުރަން" ދުވުމުގެ ހަޔާތް ފެށިގެން އައި ގޮތް ހަނދާން ކުރަމުން ނާހިލް ބުންޏެވެ.
ނާހިލްގެ ކެރިޔަރުގެ ފެށުމަކީ އޭނާގެ ކޯޗު ރައުހަތު ގުދުރަތުﷲ ދިން ނަސޭހަތްތަކުގައި ހިފައި ގަދައަޅާ މަސައްކަތް ކުރުމެވެ.