07 މެއި 2024
ފްރާންސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޖޯން-ފްރަންސުއާ ޕަކްތެތް މިނިސްޓަރ އަޙްމަދު ޝިޔާމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި -
ޙަބަރު
މިނިސްޓަރ އަޙްމަދު ޝިޔާމްގެ, އަރިހަށް ފްރާންސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޖޯން-ފްރަންސުއާ ޕަކްތެތް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިނިސްޓަރ އަޙްމަދު ޝިޔާމްގެ އަރިހަށް ފްރާންސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޖޯން-ފްރަންސުއާ ޕަކްތެތް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި، ކަނޑުތައް ޙިމާޔަތްކުރުމާއި، އަދި ޤާނޫނާއި ޤަވާއިދާ ޚިލާފަށް، ބެލެހެއްޓުމެއް ނެތި އަދި ރިޕޯޓްކުރުމެއް ނެތި ކުރާ މަސްވެރިން ހުއްޓުވުމަށް ބެހޭގޮތުން ހުރި ގޮންޖެހުންތައް ފާހަގަކުރައްވައި ބައިނަލްއަޤްވާމީ މައިދާނުގައި މިކަންކަމަށް ޙައްލު ހޯއްދެވުމާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ. މީގެއިތުރުން ދެޤައުމުން މިދާއިރާއިންގުޅުން ބަދަހިކޮށް، އެއްބާރުލުން ދިނުން ހިމެނެއެވެ.
މިނިސްޓަރ އަހުމަދު ޝިޔާމްގެ އަރިހުގައި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ މިނިސްޓްރީގެ، މިނިސްޓަރ އޮފް ސްޓޭޓް ޑރ.އަމްޒަތު އަޙްމަދާއި، ޕާމަނަންޓް ސެކްރެޓަރީ، ޑރ.އާމިނަތު ޝާފިޔާއާއި ޑިރެކްޓަރ، މުންޝިދާ އިބްރާހީމް އެވެ